ބްރެޒިލް ގައުމީ ޓީމާއެކު ތިން ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފުޓުބޯޅައިގެ އެންމެ ލެޖެންޑްރީ ކުޅުންތެރިޔާ ޕެލޭ، މިވަގުތު ދަނީ ސިއްހީ ހާލަތު ގޯސް، ފަރުވާ ދެމުންނެވެ. މިދިޔަ އަހަރުން ފެށިގެން ކެންސަރާ ހަނގުރާމަ ކުރަމުންދާ ޕެލޭއަށް ފުޓުބޯޅަ އާއިލާއެކުގައި މިވަގުތު ދަނީ ހެޔޮ ހާލަކަށް އެދެމުންނެވެ. އެ ހާލަތުގައިވެސް ޕެލޭ ދަނީ އޭނާގެ ހިތްވަރު ދައްކަމުންނެވެ. އެހެން މީހަކަށް ނުތަވަސްކަމެއް ވެރިވެދާނެތީ، ޕެލޭ ބުނަމުންދަނީ އެންމެންގެ ހެޔޮ ދުއާއާއެކު އޭނާ ހުރީ ހިތްވަރާއެކު ސާބިތުވެ ކަމަށެވެ.
މިރޭ ބްރެޒިލުން ގަދަ 16 ގެ މެޗުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ އިރު، ޕެލޭ ދިނީ ހާއްސަ ހިތްވަރުގެ މެސެޖެކެވެ. އެވެސް ހޮސްޕިޓަލްގެ އެނދުމަތިންނެވެ. 1958 ވަނަ އަހަރު ޕެލޭ ކުޅުނު ފުރަތަމަ ވޯލްޑް ކަޕަށް ގޮސް، ސްވިޑެންގެ މަގުމަތީގައި ނަގާފައި ފޮޓޯއަކާއެކު ޕެލޭ ބުނީ އޭނާ އޭރު ހުރީ ބައްޕައަށްވީ ވައުދެއް ފުރިހަމަ ކުރުމުގެ އަޒުމުގައި ކަމަށެވެ.
"އަހަރެން ސްވިޑެންގެ މަގުމަތީގައި އެ ހިނގަމުންދަނީ 1958 ވަނަ އަހަރު ބައްޕައަށްވީ ވައުދެއް ފުއްދުމަށް. އަހަންނަށް އެނގޭ އެތައް ގައުމީ ޓީމަކުން އެހަކަލަ އެތައް ވައުދެއްވެ ތިތިބީ ވޯލްޑް ކަޕަށް ގޮސްކަން. އަހަރެން ބޭނުންވަނީ ތިހުރިހާ އެންމެންނަށް ހިތްވަރެއް ދޭން. އުންމީދެއް ދޭން. އަހަރެން ބްރެޒިލަށް މި އުންމީދު ދެނީ ހޮސްޕިޓަލުންވެސް މެޗު ބަލާނެކަމުގެ ޔަގީންކަން ދެމުން. ބްރެޒިލްގެ ތި ޓީމުގެ ދަތުރުގައި އަހަރެމެން އެންމެން މިތިބީ އެކުގައި،" ޕެލޭގެ މެސެޖުގައި ބުނެފައިވެއެވެ.
ޕެލޭއަށް 1958 ވަނަ އަހަރު ސްވިޑެންގައި އޮތް ވޯލްޑް ކަޕް ހާއްސައެވެ. އުމުރުން އެންމެ 17 އަހަރުގައި އޭނާ ވޯލްޑް ކަޕް އުފުލާލީ ތާރީހު ލިޔެލައިފައެވެ. ކުއާޓާ ފައިނަލްގައި ވޭލްސް ކޮޅަށް ގޯލް ޖަހައި، ޕެލޭ ވަނީ ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ހެޓްރިކް ހަދައިފައެވެ. އަދި ފައިނަލްގައި ސްވިޑެން ކޮޅަށް ޕެލޭ ދެ ގޯލް ޖަހައި، ބްރެޒިލުން ތަށި ނެގީ 5-2 ގެ ނަތީޖާއަކުންނެވެ.
އެ ވޯލްޑް ކަޕްގައި ޕެލޭ ކުޅުނު ކުޅުމަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި އެއް ކުޅުންތެރިޔަކު ދެއްކި އެންމެ ތަފާތު މޮޅު އެއް ކުޅުންވެސް މެއެވެ. އުމުރުން 17 އަހަރުގައި ދުނިޔެއަށް ޕެލޭ ތައާރަފުވެލީ ފުޓުބޯޅައިގެ "ކިންގް"ގެ ގޮތުގައެވެ. އެ އުމުރުގައި ބްރެޒިލް ހެއްވާލައި، ފަހުން އިތުރު ދެ ވޯލްޑް ކަޕެއްވެސް ގައުމަށް ގެންގޮސްދިނެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް