ގދ. އަތޮޅުގެ ދޯންޏަކުން، ދޮށީގެ މަސްވެރިކަން ކޮށްގެން އެއް ދުވަހުން 996،034 ރުފިޔާ ހޯދައިފިއެވެ.
މިފްކޯއިން މިއަދު ބުނީ، ގދ. ފަރެސްމާތޮޑާގެ ބާހިރާ ދޯނިން 58.6 ޓަނުގެ މަސް ގއ. ކޫއްޑުއަށް އިއްޔެ ކިރުވާފައިވާ ކަމަށެވެ.
ދޮށީގެ މަސްވެރިކަމުގެ ރެކޯޑެއް މީގެ ކުރިން ހަދާފައިވަނީ ގދ. މަޑަވެލި "ޓީއެސް ލައިން" ދޯނިންނެވެ. އެ ދޯނިން 57 ޓަނުގެ މަސް ކިރުވައިގެން 971،000 ރުފިޔާ ހޯދިއެވެ.
ބާހިރާ ދޯންޏަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެއް އަޅާފައިވާ 117 ފޫޓުގެ ޒަމާނީ މަސް ދޯންޏެކެވެ. މި ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 13 ނޯޓިކަލް މޭލުގައެވެ. އެ ދޯނިން 37 މަސްވެރިން މަހަށް ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު