ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގެ ސްމޯލް ގްރާންޓް އެހީ ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.
ސްމޯލް ގްރާންޓް އެހީއަކީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގާ ހަރަކާތެއްގެ ތެރެއިން ތައާރަފުކުރި ޕްރޮޖެކްޓެކެވެ.
ސްމޯލް ގްރާންޓް އެހީއަކީ ޖަމިއްޔާތަކުން ކުރިއަށް ގެންދަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމަށް އަމާޒުވާ، މުޖުތަމައަށް ފައިދާވާ ޕްރޮޖެކްޓުތައް ހިންގުމަށް ދޭ އެހީއެކެވެ. ސްމޯލް ގްރާންޓް ފަންޑަށް ލިބިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން އަށް ޕްރޮޖެކްޓެއް ހޮވައި އެއިން ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް ޖަމިއްޔާތަކަށް 250،000 ރުފިޔާ ބޭންކުގެ ފަރާތުން ދޭނެއެވެ.
ބީއެމްއެލުން މިއަދު ބުނީ މިފަހަރުގެ ސްމޯލް ގްރާންޓް އަށް ޖަމިއްޔާއެއް މިހާރު ހޮވާފައިވާ ކަމަށެވެ.