ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، (އެސްޓީއޯ) އުފެއްދީ 1964 ވަނަ އަހަރުއެވެ. ވަރަށް ކުޑަކުޑަކޮށް ފެށިގެން އައި ވަރަށް ކުޑަ ވިޔަފާރިއެކެވެ. އެކަމަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެސްޓީއޯގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފޯރުކޮށްދިނުމެވެ.
ވިޔަފާރި ފުޅާކުރަމުން ރައްޔިތުންގެ ހިދުމަތުގައި އެސްޓީއޯ ދެމިއޮންނަތާ މިހާރު 57 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ކުންފުނީގެ ހިންގުމާއި އެތައް ވެރިޔަކު އެކި ފަހަރުމަތިން ވަނީ ހަވާލުވެވަޑައިގެންފައެވެ. މި ދިގު 57 އަހަރުތެރޭ އެސްޓީއޯ އިންވަނީ އެތައް ކުރިއެރުމަކާއި ކާމިޔާބީއެއްވެސް ހޯދާފައެވެ. މި ކާމިޔާބީ ތަކުގެ ތެރެއިންވެސް ނަމަވެސް ވޭތުވެ ދިޔަ ހަތަރު އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވަކީން ބޮޑަށް ފާހަގަކޮށްލެވޭ ހަތަރު އަހަރެވެ. އެސްޓީއޯގެ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ މޭސްތިރި ކަމުގައި މި ހަތަރު އަހަރުވެގެން ގޮސްފައިވަނީ އެސްޓީއޯ ކުރީން ނުދެކޭފަދަ ކާމިޔާބު އަދި ފައިދާ ބޮޑު ހަތަރު އަހަރަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ސަރުކާރުގެ ވިޔަފާރި ކުންފުނި ހިންގުމުގެ ބުރަ އަދި ބޮޑު ޒިންމާ އަމްރުއާ ހަވާލުކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. ފާއިތުވި ހަތަރު އަހަރުތެރޭގައި އަމްރު ވަނީ އެ ހަވާލުވެވަޑައިގެންނެވި ޒިންމާގައި ތަފާތު ދައްކަވައިފައެވެ.
އަމްރުގެ މޭސްތިރިކަމުގެ ދަށުން މި ހަތަރު އަހަރުގެ ތެރޭގައި އެސްޓީއޯއިންވަނީ އެތައް ގިނަ އާ މަޝްރޫއުތަކެއް ފަށައި، ރައްޔިތުންނާ ހަމައަށް ގިނަ ހިދުމަތްތަކެއް ތައާރަފުކުރައްވައިފައެވެ. ރައްޔިތުންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް މަގުފަހި ކޮށްދެއްވައިފައެވެ. ސިއްހަތާއި ތައުލީމާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަނާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އަދި އިޖުތުމާއީ ރޮނގުން ބެލިޔަސް، ރައްޔިތުންނާ ގާތުން، ގުޅިގެން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ވަނީ ކޮށްފައެވެ.
އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:
- • 7 ޖެނުއަރީ 2019ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެސްޓީއޯއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުމަށް އެއްބަސްވި، މި ޕްރޮޖެކްޓްވެގެން ދިޔައީ އެސްޓީއޯއިން ސްކޫލްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވުނު މުހިންމު މަސައްކަތަކަށް
- • ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯގެ ފާމަސީއެއް ހުޅުވި
- • އެސްޓީއޯގެ މެންޑޭޓުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ފެށި
- • އެސްޓީއޯގެ މުވައްޒަފުންނަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް ނިންމި
- • 2020 ވަނަ އަހަރަކީ އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް
- • އެސްޓީއޯއިން ވަނީ އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައި
- • ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާވިސެސް ޑިޕާޓްމެންޓު ސެޓަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޯރުކޮށްދިން، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރެއް ގާއިމުކޮށްދިން
- • ހދ. ކުޅުދުއްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާކޮށްދިން
- • ކޮވިޑް 19 ގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ހާއްސަ ބޭސްތައް ރާއްޖެއިން ބޭރުން ގެނެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިން، މި ހިދުމަތް ވެގެންދިޔައީ ރާއްޖެއިން އާއްމުކޮށް ލިބެން ނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ވެގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށް
- • އާއްމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައި
23 ނޮވެމްބަރު 2021: މާލެ، ދިވެހި ގައުމީ ޝިޕިން ކުންފުނި، އެމްއެސްއެސްގެ ފުރަމަ އަމިއްލަ ބޯޓު މުދަލާ އެކު މިއަދު ރާއްޖޭގައި --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
އެމްއެސްއެސް އިން ގެނައި އާ ބޯޓު" މިއީ އެ ކުންފުނީގެ ހިދުމަތަށް ގެންނަ ދެވަނަ ބޯޓު އަދި ރާއްޖޭގެ ޝިޕިން ލައިނަކުން ގަންނަ އެންމެ ބޮޑު ބޯޓު --- ފޮޓޯ: އެމްއެސްއެސް
• 2020 ވަނަ އަހަރު ވެގެން ދިޔައީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށް، ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް އެސްޓީއޯގެ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔަ
• ލޮކްޑައުންއާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސް ތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އެސްޓީއޯއިން ވަނީ ލީސް އެސިސްޓެންސް ފޯރުކޮށްދީފައި
• ކޮވިޑް ބަލިމީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި އެނދުގެ ސެޓަޕެއް ކުރުމުއްދަތެއްގެ ތެރޭގައި ހަމަޖެއްސައިދިން.
• ކޮވިޑް ފެސިލިޓީސް ގާއިމުކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ތަކެތި އެސްޓީއޯއިން ފޯރުކޮށްދިން
• އެސްޓީއޯ މެޑިކަލްސްއިން ވަނީ ރީޖަނަލް ކޮވިޑް 19 ފެސިލިޓީތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކޮށްފައި، މިއީ ކޮވިޑް 19 އިން ރައްކާތެރިވެ ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއެއް
• 2020 ވަނަ އަހަރުގެ މާޗް މަހު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި "މޯލްޑިވްސް ސްޓޭޓް ޝިޕިން" އުފެއްދި.
• 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައި އެމްއެސްއެސްގެ ފުރަތަމަ ޝިޕިން ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނައި.
• 2020 ވަނަ އަހަރު އެސްޓީއޯއިން އޮންލައިން ޝޮޕިންއަށް މަގު ފަހިކޮށްދެވި، އީ-ސްޓޯ ފެށި.
• އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވި.
• އެސްޓީއޯއިން ބަސް ޓާމިނަލެއް މާފަންނުގައި ޤާއިމްކޮށްދިން.
• އެސްޓީއޯއިން ވަނީ މިނިސްޓްރީ އޮފް ހެލްތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ފޮނުވައިދީފައި
• ތެރަޕިއުޓިކް ސެކްޓާއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތިން ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސަރ ދިން.
• ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ އެމްއޯޔޫ ގައި ސޮއިކުރި. މި ޕްރޮގްރާމްގެ ދަށުން ރީޓޭލް ހިދުމަތް، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަނުން، އަދި އައިޓީ ޓެކްނީޝަނުން ތަމްރީން ކުރެވޭނެ
12 އޭޕްރީލް 2021: އެގްރިސެންޓަރު-- ވަން ފޮޓޯ: މުހައްމަދު އައުޒަމް
09 ޖޫން 2022: މާލެ، އެސްޓީއޯ ސީއީއޯ އަދި އެމްޑީ ހުސެއިން އަމްރު އާއި ޑރ. އަބްދުﷲ ނިޔާފް "ތުއްތު ދަރިފުޅު" ފޮތް ނެރުއްވައިދެއްވަނީ--- ވަން ފޮޓޯ: ހުމާމް އަހްމަދު
- • 5 އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން އެސްޓީއޯއިން ވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެފައި، މީގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ.
- • 2021 ވަނަ އަހަރު ނޮވެމްބަރު މަހު އެމްވީ އެމްއެސްއެސް ގަލޭނާ މާލޭގެ ކޮމާޝަލް ހާބަރަށް ބަނދަރުކުރި. މިއީ ރާއްޖެއަށް މުދާ އެތެރެކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް.
- • ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރު ގާއިމުކުރި. އަދި ތޮއްޑޫ އެގްރިސެންޓަރުގެ ހިދުމަތްވަނީ ފެށިފައި.
- އެގްރިސެންޓަރުގެ ޒަރިއްޔާއިން ދިވެހި ދަނޑުވެރިންނަށް އެ ފަރާތްތަކުން އުފައްދާ ތަކެއްޗަށް ހަމައަގު ލިބުމަށް ވަނީ މަގުފަހިވެފައި.
- • އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައި، ކަރުދާސް ކޮތަޅުތަކުގައި ބޭސް ދޫކުރަން ފެށި.
- • ތިމާވެއްޓާއި ރައްޓެހި ސިމެންތި ތައާރަފުކުރި.
- • މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުމަށް ނިންމި. އެސްޓީއޯއަކީ މި ނިންމުން ނިންމާފައިވާ ސަރުކާރުގެ ފުރަތަމަ ކުންފުނި.
- • އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ހެޔޮ ބަނދަލުތަކެއް ގެނައި. މިފަދަ ބަދަލެއް އެންމެ ފަހުން ގެނެވިފައިވަނީ 2009 ވަނަ އަހަރު.
- • "އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހެޅި.
- • އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ފެށި. އެސްޓީއޯ ފުށް ފެކްޓްރީ ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮލްސަންޓަންޓުންގެ ޓީމެއް މާލެ އައިސް ސާވޭތައް ކުރިއަށް ގެންދިޔަ.
އެމްއެސްއެސްގެ ތިން ވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެސްޓީއޯ
- • 2022 ވަނަ އަހަރު ފެށުނީ އެސްޓީއޯގެ ސްޓްރެޓީޖިކް ޕްލޭން އަދި ސްޓްރެޓީޖިކް މެޕް، މުވައްޒަފުންނަށް ހިއްސާކުރުމަށް ބޭއްވުނު ހަފްލާއަކުން. މި ހަފުލާގައި 2022 ވަނަ އަހަރު ކޮންމެ ޑިޕާޓްމަންޓަކަށް ކަނޑައެޅިފައިވާ ކޭޕީއައިތައް ހުށަހެޅި.
- • އެސްޓީއޯއަކީ އޭސީ.އޭ އެޕްރޫވްޑް އެމްޕްލޮޔަރެއްގެ ގޮތުގައި އޭސީސީއޭއިން ވަނީ ކަނޑައަޅާފައި
- • އެސްޓީއޯއިން ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ސޮއިކޮށްފައި
- • ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިން ލެބޯޓަރީއެއް ގާއިމުކުރި. މި ލެބް ހެދިފައިވަނީ ޔޫއޭއީގެ ޖިއޯކެމް އާއެކު. އަދި މިއީ މިފަދަ ފެސިލިޓީއެއް، މި ފެންވަރުގައި، ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ފަހަރު.
- • އެސްޓީއޯ ޕީސީ އަދި ކޮންސްޓްރަކްޝަން އޭޖެންޓުންނަށް ވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން، މިއަދު ޖުމުލަ 207 އެސްޓީއޯ ޕީސީ އޭޖެންޓުން އަދި 65 ކޮންސްޓްރަކްޝަން އޭޖެންޓުން ތިބިކަން ފާހަގަކުރެވޭ.
- • ޒަމާނީ ފެންވަރަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް ބަދަލުކޮށް، ރެކް އަދި ސްޕޭސް ލީސިންގ ތައާރަފުކުރެވުނު. މި މޮޑެލަށް ލިބުނު ތަރުހީބުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ވެގެން ދިޔައީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު، ހިތްގައިމު ތަނަކަށް.
- • އެސްޓީއޯއިން ވަނީ ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުމަށް އިންޑިޔާގެ އެފްކޮން ކުންފުންޏާއެކު މެއި 2022 ގައި ސޮއިކޮށްފައި. މި ޕްރޮޖެކްޓްގެ ދަށުން 7500 ސީބީއެމްގެ ކޮންކްރީޓް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައި
- • ޖޫން 2022 ގައި އެސްޓީއޯއިން ވަނީ މަކީޓާ ޓޫލްސްއަށް ހާއްސަ ފިހާރައެއް ހުޅުވާފައި. އަދި ސާވިސް ސެންޓަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށްފައި.
- • 2022 ގެ ޖުލައި މަހުގެ ތެރޭގައި އެމްއެސްއެސް ގްރެފީން އާއި ހަވާލުވި. މިއީ އެމްއެސްއެސްއިން ގައުމުގެ އިގުތިސާދު ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެއް.
- • މުވައްޒަފުންނަށް ހާއްސަކޮށް އެކިއެކި ޕްރިވިލެޖްތައް ލިބޭ ޕްރޮގްރާމެއްވެސް 2022 ވަނަ އަހަރުގެ ތެރޭގައި ވަނީ ފަށައިފައި. މި ޕްރޮގްރާމްގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބުމަށް ވަނީ މަގުފަހިކޮށްދީފައި
- •މެޑިކަލް ސެގްމަންޓްގެ ތާރީހުގައި އިންޓަނެޝަނަލް ޓްރޭޑެއް، މޮރިޝަސްގެ ކުންފުންޏަކަށް ހަދާފައިވަނީވެސް 2022 ވަނަ އަހަރުގެ ތެރޭގައި. މިއީ މެޑިކަލް ސެގްމަންޓް އަދި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް ލިބިގެންދިޔަ މުހިއްމު ފުރުސަތެއް
- • އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި ސިޓީ ހޮސްޕިޓަލްތަކުގައި މި ޕްރޮގްރާމް ފެށި
މިއީ އަމްރުގެ މޭސްތިރިކަމުގެ ދަށުގައި އެސްޓީއޯއިން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހޯދި ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކެވެ. އެސްޓީއޯގެ ވިޔަފާރި ފުޅާކޮށް ތަފާތު ގިނަ އާ ވިޔަފާރިތަކަކަށް މިއަދު އެ ކުންފުނިން ވަނީ ވަދެފައެވެ. ދިވެހިންނަށް ބޭނުންވާ ޒަރޫރީ ގިނަ ތަކެތި އެސްޓީއޯއިން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. މި ފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ. ރައްޔިތުންނާއި ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޮރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއަދު އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ކުންފުންޏެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 32 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަމްރުގެ ލީޑަރޝިޕުގައި މިދިޔަ 4 އަހަރު ފާހަގަކުރެވެނީ އެސްޓީއޯގެ ކާމިޔާބީގައި ވަރުގަދަ 4 އަހަރުގެ ގޮތުގަ އެވެ. ބޮޑެތި ބަދަލުތަކެއް ގެނައި 4 އަހަރުގެ ގޮތުގައެވެ. ކުންފުނީގެ ޒަމާންވީ ވިޔަފާރިތަކުގެ ތެރެއަށް އާ ވިޔަފާރިތައް ތައާރަފުކޮށް އިންގިލާބީ ބަދަލުތަކެއްގެ ތެރެއަށް ވަދެގެން ދިޔަ 4 އަހަރުގެ ގޮތުގައެވެ. އިޖުތިމާއީ ހިދުމަތާއި ރައްޔިތުންނަށް ސީދާ ފައިދާ ކުރާނޭ ހަރަކާތްތައް ގިނަ 4 އަހަރުގެ ގޮތުގައެވެ.