އެސްޓީއޯއިން އެކުލު މިކުލަ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނިން އެތެރެކޮށް ވިއްކާ ނިޕޯންގެ ކޮންމެ އުފެއްދުމަކުން އަށް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި ނިޕޯންގެ ކޮންމެ އުފެއްދުމަކުން ކުރާ ކޮންމެ ވިޔަފާރިއަކާއެކު 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ކޫޕަނެއް ލިބޭނެ ކަމަށާއި ދެން ކުރާ ވިޔަފާރިއަކަށް އެ ކޫޕަން ބޭނުންކުރެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ފިހާރަ އާއި އެސްޓީއޯ ހުޅުމާލެ ފިހާރަ އަދި އެސްޓީއޯ ލ ފޮނަދޫ ފިހާރައިގައި މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ނިޕޯން ޕެއިންޓް ކުންފުނިން ވަނީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ބްރޭންޑުން އެންމެ އިސްކަންދީފައިވަނީ ކޮންމެ ބޭނުމަކަށްވެސް ބޭނުންކުރެވޭ، ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.