އުރީދޫ މޯލްޑިވްސް އިން ހއ. އަދި ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް އުރީދޫ އިން ހަދިޔާ ކުރަން ނިންމާފައިވާ މި ހެލްތް ކިޓަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކިޓެކެވެ.
އުރީދޫއިން މިއަދު ވަނީ ހއ. ގެ ނުވަ ރަށަކާއި ހދ. އަތޮޅުގެ އަށް ރަށެއްގެ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓުތައް ހަދިޔާކޮށްފައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މި ކިޓުތައް ހަދިޔާކޮށްދެއްވީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒްއެވެ.
އުރީދޫ މޯލްޑިވްސް އިން އަންނަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަ ލަނޑުދަނޑި "ގްލޯބަލް ގޯލްސް" ކަމަށްވާ "ގުޑް ހެލްތު އެންޑް ވެލްބީންގް" ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި ރެކްރިއޭޝަނަލް ކުލަބުތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށްވެސް އުރީދޫން އަންނަނީ މިހާރުވެސް މަސައްކަތް ކުރަމުންނެވެ.