ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ހަވަނަ މެޗުގައި އެކުއެޑޯއާއި ސެނެގާލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުން. އެ ބަލިން އަރައިގަނެ، ސެނެގާލުން ގަދަ 16 އަށް އުންމީދު އާކުރީ 3-1 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށްގެން. އެކުއެޑޯން ފުރަތަމަ ކުޅުނު މެޗުގައި ގަތަރު ބަލިކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން. ދެވަނަ މެޗުގައި ނެދަލޭންޑްސްއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުން.
ގަދަ 16 ޔަގީންކުރަން ސެނެގާލަށް އޮތް މަގަކީ އެކުއެޑޯ ބަލިކުރުން. މެޗުން ޕޮއިންޓެއް ހޯދައިގެންވެސް އެކުއެޑޯއަށް ގަދަ 16 ޔަގީން ކުރެވޭނެ.
- މިއީ ވޯލްޑް ކަޕްގައި އެކުއެޑޯން އެފްރިކާ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު
- މީގެ ކުރިން އެކުވެރިކަމުގެ ދެ މެޗެއްގައި ސެނެގާލާއި އެކުއެޑޯ ކުޅުނު
- އެއީ 2002 ވަނަ އަހަރު ކުޅުނު މެޗެއްގެ އިތުރުން 2005 ވަނަ އަހަރު ކުޅުނު މެޗެއް
- އެ ދެ މެޗުވެސް ކާމިޔާބުކުރީ ސެނެގާލުން، ފުރަތަމަ މެޗު 1-0 އިން އަދި ދެވަނަ މެޗު 2-1 އިން
- މީގެ ކުރިން ސެނެގާލުން ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅުނު މެޗަކުން މޮޅުވެފައެއް ނުވޭ
- ސެނެގާލުން އެންމެފަހުން ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔައީ 2002 ވަނަ އަހަރު، އެފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި މިހާރުގެ ކޯޗު ސީސޭ ކުޅުނު
- އެކުއެޑޯ އެންމެފަހުން ގަދަ 16 އަށް ދިޔައީ 2006 ގެ ވޯލްޑް ކަޕްގައި
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022