ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޏ. ފުވައްމުލައް ހޯދަޑު، ރޫލް، އަމީދު އަބްދުﷲ (24އ) ހޯދަމުންދާ ކަމަށެވެ.
އަމީދުގެ މައްޗަށް އޮތް ތުހުމަތުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ވަނީ އަމީދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު