ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، އަލީ އަހުމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއްވެސް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް އަލީ އަހުމަދާ ގުޅިގެން ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީއަކުން ނުބުނެއެވެ.