މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ހެންވޭރު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 6:36 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ އުމުރުން 54 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލުމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ރާޖުކުމާރު ނަމަކަށް ކިޔާ އިންޑިއާ ފިރިހެނެކެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ހުންނަ ގެއަކުންނެވެ.