ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ނިލަންދޫ، ލިލީމާގޭ އަޝްރަފު އަލީ އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އަޝްރަފް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން 2016 ވަނަ އަހަރު ލެންގުއޭޖެ އެންޑް ކަލްޗާ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަގާމާއި އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމާއި ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު މަގާމު ފުރުއްވައިފައެވެ.
މީގެ އިތުރުން އަޝްރަފަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވައިފައެވެ.
ހޯމް މިނިސްޓްރީގެ ނައިބަކަށް އަޝްރަފު އައްޔަނުކުރެއްވި އިރު، މިހާރުވެސް އެ މިނިސްޓްރީގެ ނައިބު ކަމުގައި ދެ ބޭފުޅަކު އަދި ނައިބާ އެއް ފެންވަރެއްގައި ތިން ބޭފުޅަކު ތިއްބަވައެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500 ރުފިޔާއެވެ. އެއީ 20،500 ރުފިޔާގެ މުސާރައަކާއި 15،000 ރުފިޔާގެ އެލަވަންސެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު