ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އެދުލެއްވުމަކަށް ފަތުރުވެރިންނަށް ކަނޑައެޅި ސަރަހައްދަކީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާ ޖެހިގެން އޮތް ބީޗު ކަމަށެވެ.
އެޗްޑީސީން ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއް ކަމަށާއި މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމު ކަމަކަށް ވުމުން، މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެ މަސައްކަތުގައި އެ ކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު