ހައިކޯޓު އަންނަ މަހުން ފެށިގެން ރިސެސްއަށް ދާން ނިންމައިފިއެވެ.
ހައިކޯޓުން މިއަދު ބުނީ އެ ކޯޓުގެ ގަވާއިދުގެ ދަށުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސެސްއަށް ދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ހައިކޯޓުގެ ގަވާއިދުގައި ބުނާ ގޮތުން، ޑިސެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އޮންނާނީ ރިސެސްގައެވެ.
ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައްވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ޚަބަރު
ޚަބަރު