ރާއްޖޭގައި ހަލުވިކަމާއެކު ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ ސަމާލުވުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ވައިރަސްއަކުން ގައިންގަޔަށް އަރާ ބައްޔެއް ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށާއި އާންމު ގޮތެއްގައި ކުޑަކުދިން އެއްވާ ތަންތަނުގައި އެ ބަލި ގަދަޔަށް ފެތުރޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިފައިވާ ކުއްޖެއްގެ ކުޅާއި އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނުކުންނަ ދިޔައިން އެ ބަލި ގައިން ގަޔަށް އަރާ ކަމަށެވެ. އަދި ކެއްސައި ކިނބިހި އަޅާ އިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް ބަލި ފެތުރޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހޭންޑް ފުޓް އެންޑް މައުތު ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
- ހުން އައުން
- ބޮލުގައި ރިއްސުން
- ކަރުތެރެ ފާރުވުމުން
- އަތްތިލަ އާއި ފައިތިލައިގައި ރަތްކުލައިގެ ބިހި ތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުމުން
- ވަރުދެރަވުން
- ކާހިތް ނުވުން
- ގިނަގިނައިން އަތް ދޮވުން
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން
- ބަލި ޖެހިފައިވާ ކުދިން ބޭރަށް (ހާއްސަކޮށް ސުކޫލަށް) ނުގެންދިއުން
- ބޭނުން ކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު