މިހާރު އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ފޮރިން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުގެ ގޮތުގައި، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށް އެ ބަދަލު ގެނައުމަށް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވީ 10 އޮކްޓޫބަރުގައެވެ.
އެ ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 64 މެމްބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބަދަލާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔާ ސިޓީ ނޯޓުގައި ޖަހަމުން ގެންދަވާނީ ނަންބަރު 488 ކަމުގައި ވަނީ ހަމަޖައްސަވައިފައެވެ.