އެމްޓީސީސީގެ ބޮޑު ޖައްރާފާ މޮބިލައިޒްކޮށް، ފ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޮޑު ޖައްރާފާ މޮބިލައިޒްކޮށް ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ބިން ހިއްކުމުގެ ކުރިން ބަންޑް ވޯލް ހެދުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.
މި މަޝްރޫއުގެ ދަށުން، ރަށުގެ ތަރައްގީއާ އެހެނިހެން ބޭނުންތަކަށް ހާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން އެއާޕޯޓް ތަރައްގީކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެވެ.
ޖުމުލަ 206.87 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު