މިފަހަރުގެ ވޯލްޑްކަޕުގައި އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމް ސަޕޯޓްކުރައްވާނޭ ޓީމުގެ މައްސަލަ ވޭލްސްގައި ބޮޑުވެއްޖެއެވެ. ވޭލްސްގެ ސަރަހައްދީ ޕާލަމެންޓަށް ޕްރިންސް ވިލިއަމް ވަޑައިގަތުމުން ވޯލްޑްކަޕުގައި އޭނާ ސަޕޯޓްކުރައްވާނީ އިންގްލެންޑަށްތޯ ނުވަތަ ވޭލްސްއަށްތޯ މެންބަރުން ވަނީ ސުވާލުވެސް ކުރައްވައިފައެވެ.
ޕްރިންސް ވިލިއަމަކީ އިންގްލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސެވެ. އެގޮތުން އިންގްލެންޑަށް ސަޕޯޓްކުރެއްވުމަކީ އޭނާއަށް ލާޒިމު ކަމެކެވެ. އަނެއްކޮޅުން ވޭލްސްއަކީ އިނގިރޭސި ރަސްކަމުގެ އެއްބައެވެ. އެރަސްކަމުގެ ވަލީއަހުދުގެ ގޮތުން ވޭލްސްއަށް ސަޕޯޓްކުރެއްވުމަކީވެސް ޕްރިންސް ވިލިއަމްގެ މައްޗަށް ލާޒިމު ކަމެކެވެ. ވޭލްސް އާއި އިންގްލެންޑް މިފަހަރުގެ ވޯލްޑްކަޕުގައި ހިމެނެނީ އެއް ގްރޫޕެއްގައެވެ.
ވޯލްޑްކަޕުގައި ޕްރިންސް ވިލިއަމް ސަޕޯޓްކުރައްވާނީ މިދެޓީމުގެ ތެރެއިން ކޮން ޓީމަކަށްތޯ ވޭލްސްގެ ސަރަހައްދީ ޕާލަމެންޓްގެ މެންބަރުން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ ދެ ޓީމަށްވެސް ސަޕޯޓް ކުރައްވާނޭ ކަމުގައެވެ. އެކަމަކު އޭނާއަކީ ތުއްޕުޅުއިރުން ފެށިގެންވެސް އިންގްލެންޑުގެ ނުހަނު ބޮޑު ސަޕޯޓަރަކަށްވާތީ މިފަހަރު ވޭލްސްއަށްޓަކައި އިންގްލެންޑް ދޫކޮށްލުމަކީ އިންސާފަކަށް ނުވާނޭ ކަމަށްވެސް ޕްރިންސް ވިލިއަމް ވިދާޅުވިއެވެ.
ޕްރިންސް ވިލިއަމަކީ ލަންޑަނުގައި އިންގްލެންޑް ކުޅޭ ހުރިހާ މެޗަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކުގެ ތެރެއިން ޕްރިންސް ވިލިއަމް ސަޕޯޓްކުރައްވާ ޓީމަކީ އެސްޓަންވިލާއެވެ. އެއީ ލަންޑަނުގެ ކުލަބެއް ނޫނެވެ. ބާމިންހަމްގެ ކުލަބެކެވެ. އިނގިރޭސި އައު ރަސްގެފާނު ޗާލްސްގެ ކުލަބަކީ ބާންލީއެވެ. ރާނީ އެލިޒަބަތު ދުނިޔޭގައި ހުންނެވިއިރު އެކަމަނާގެ ޓީމަކީ އާސެނަލްއެވެ. ޕްރިންސް ވިލިއަމްގެ ކޮއްކޯފުޅު ޕްރިންސް ހެރީގެ ޓީމަކީވެސް އާސެނަލްއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022