ދުނިޔޭގެ ކުޅިވަރުގައި އެންމެ ޝަރަފުވެރި ޓްރޮފީއަކީ ފީފާ ވޯލްޑް ކަޕްގެ ތަށްޓެވެ. "ކޫޕް ޑޫ މޮންޑޭ" އެވެ. އެ ތަށީގެ ޝަރަފުގައި ކޮންމެ ވޯލްޑް ކަޕެއްގެވެސް ކުރިން ކުރިއަށް ގެންދާ ޓްރޮފީ ޓުއާ ފުރިހަމަކޮށް، ގަތަރު ވޯލްޑް ކަޕަށް، 18 ކެރެޓުގެ ރަން ތަށި މިހާރު ގަތަރަށް ގެންގޮސްފިއެވެ. ޓުއާގައި 32 ގައުމެއްގެ 51 ސަރަހައްދެއްގައި ތަށީގެ އިވެންޓްތައް ބާއްވާފައިވެއެވެ. އެތަކެއް ލެޖެންޑުންނެއް ތަށްޓާއެކު ޓުއާ ކޮށްފައިވެއެވެ.
ވޯލްޑް ކަޕްގެ ތަށީގެ ގޮތުގައި މިހާރު ބޭނުންކުރާ ތަށްޓަކީ 14 އިންޗި އުސް، ހަކީލޯގެ ބަރު ރަން ތަށްޓެކެވެ. ތަށީގެ ފަރުމާއަކީ ދެމީހަކު ދުނިޔެ ރަމްޒުކޮށްދޭ "ގްލޯބް" އުފުލާލައި ގޮތަކަށް ތައްޔާރުކޮށްފައިވާ ފަރުމާއެކެވެ. މާނަ ފުން އަދި އެހާމަ ކްލެސިކް ޑިޒައިނެކެވެ. ތަށި އުފެއްދި އިރު، ތަށީގެ އަގަކީ 50 ހާސް ޑޮލަރެވެ. މިހާރުގެ އަގުން ތަށީގެއަގަކީ ގާތްގަނޑަކަށް 20 މިލިއަން ޕައުންޑެވެ. ވޯލްޑް ކަޕްގެ ރަސްމީ ތަށްޓަކީ ހަމަ އެންމެ ތަށްޓެކެވެ. ތަށި ހޯދާ ގައުމުގައި ބަހައްޓާނީ ރަން ޕްލޭޓްގެ ރަމްޒީ ތަށްޓެކެވެ. ރަސްމީ ތަށި، ކޮންމެ ވޯލްޑް ކަޕަކަށް އޮފުކޮށް، ރީތި ކޮށްލައިގެން ނެރެނީ، ހަމަ އުފެއްދި ކުންފުނިންނެވެ. އެ ކުންފުނި ފިޔަވައި، އެހެން ކުންފުންޏަކަށް ވޯލްޑް ކަޕްގެ ތަށީގެ ފަރުމާވެސް، ހުއްދައާ ނުލައި، ބޭނުން ނުކުރެވޭނެއެވެ.
އެންމެ ފުރަތަމަ "ވިކްޓްރީ" މި ނަމުގައި ތަޢާރަފު ކުރެވުނު ވޯރލްޑް ކަޕް ތަށީގެ ފަރުމާއަކީ ގްރީކުގެ ފަރުމާއެކެވެ. އޭގެފަހުން 1946 ވަނަ އަހަރު، ފީފާއިން ތަށީގެ ރަސްމީ ނަމަކީ "ޖޫލްސް ރީމޭ ޓްރޮފީ" ކަމަށް ކަނޑައެޅިއެވެ. އެއީ ވޯރލްޑް ކަޕްގެ ހިޔާލު އެންމެ ފުރަތަމަ ގެނެސްދިން ފީފާގެ ރައީސްގެ ޖޫލްސް ރީމޭއަށް ހާއްސަ ނަމެކެވެ. އެ ބަދަލުވަމުން އައިސް، މިހާރު ގެންގުޅޭ ތަށި ވުޖޫދުވީ 1974 ވަނަ އަހަރުއެވެ. އެއީ އިޓަލީގެ ފަރުމާވެރިޔާ ސިލްވިއޯ ގެޒަނިގާގެ ފަރުމާއަކުންނެވެ. 2016 ވަނަ އަހަރު ދުނިޔެ ދޫކުރި ގަޒަނީގާއަކީ އިޓަލީގެ އާޓިސްޓެކެވެ. ސްކަލްޕްޗަރެކެވެ. ޗެމްޕިއަންސް ލީގު ތަށްޓާއި ސުޕަ ކަޕް ތަށިވެސް ފަރުމާކުރީ އޭނާއެވެ.
ސިލްވިއޯގެ ފަރުމާއަށް ފީފާއިން ތަށީގެ ބިޑް ދިނީ 50 ޑިޒައިނަރުންނާ ވާދަކޮށްގެންނެވެ. މިހާރު ބޭނުންކުރާ ތަށި އެންމެ ފުރަތަމަ 1974 ވެސްޓް ޖަރުމަނުން އުފުލާލި އިރު، އަދި އަދަށް ދާންދެންވެސް ސިލްވިއޯގެ އާއިލާއިން އޭނާގެ ކުންފުނި ދަނީ ހިންގަމުންނެވެ. އެކުންފުންޏަށް ފީފާގެ ވޯލްޑް ކަޕް ތަށްޓާއި ޗެމްޕިއަންސް ލީގު ތަށީގެ އިތުރުން، އޭގެ ފަހުން އެފްކޯން ތަށި ޑިޒައިން ކުރުމުގެ ޝަރަފުވެސް ވަނީ ލިބިފައެވެ. އެ ހުރިހާ ތަށްޓެއްގެވެސް ކޮޕީރައިޓްސް އޮތީ ސިލްވިއޯގެ ކާފަ ދަރިފުޅު ލެންޓީނާ ލޯސާގެ ސީއީއޯކަމުގެ ދަށުން ހިންގަމުން އަންނަ ބާޓަން ކްރާފްޓް ލެބޯޓްރީ އަތުގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022