ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ އެމަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ހައި ކޯޓުގެ އިސްފަނޑީޔާރުކަމުގެ މަގާމު އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދާ ހަވާލުކޮށްފިއެވެ.
އެކަން ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ފަނޑިޔާރު ހުސެއިން ޝަހީދާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުން ހާތިފް ހިލްމީ ރިޓަޔާކުރެއްވީ ވޭތުވެދިޔަ ދެ އަހަރު ދުވަހު އެ މަގާމު އަދާކުރެއްވުމަށްފަހުގައެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން އޭނާ ކުރައްވަމުން ގެންދެވިއެވެ.
ހާތިފް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތީ އަމިއްލައަށް އެދިގެންނެވެ. އޭނާ 2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވި އިރު، އޭގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު