ޚަބަރު

ގޭންގުތައް މައިތިރިކުރަން ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ގަންއާއެކު އިތުރު ފުލުހުން ނެރޭނަން: ހަމީދު

2

މާލޭގައި ހަރަކާތްތެރިވާ ގޭންގުތައް މައިތިރިކުރަން ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ގަންއާއެކު އިތުރު ފުލުހުން ނެރޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ކަރެކްޝަންސް އަދި ހޯމް މިނިސްޓްރީގެ ފަރާތުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ, މަސްތުވާތަކެއްޗަށް ފަހު މާލެއާއި އާބާދީ ބޮޑު ރަށްރަށުގައި އޮތް އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ގޭންގުތައް ކަމަށެވެ. މިއީ ވިއްސަކަށް އަހަރުވެފައިވާ މައްސަލައެއް ނަމަވެސް، މިއީ އަހަރުތަކެއް ވަންދެން ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުތަކެއް ނޭޅި އޮތް މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

"މިކަންކަމާ ފިޔަވަޅު ނާޅާ ހުރުމުގެ ސަބަބުން ފާއިތުވި ތަނުގައި ހަރަކާތްތެރިވި ގޭންގުތައް ބޮޑުވެ, އެކި ޖީލުތައް އޭގެ ތެރެއަށް ވަދެ, އޭގެ ތެރެއިން ބައެއް މީހުން މާ ސީނިއާވެ, ބޮޑެތި މުއްސަނދިންނަށްވެ, ޔޮޓް ފަހަރު ގެންގުޅެ, މާލެ ސަރަހައްދުގެ ތަންތަނުގައި ފިހާރަ ހިންގާ މި ހުރިހާ ކަމެއް އަންނަނީ ކުރަމުން," ސީޕީ ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގޭންގުތަކުގެ ހަރަކާތްތައް މޮނީޓާ ކުރުމަށް އެމްއެންޑީއެފްއާ ގުޅިގެން ޖަނަވަރީ 9, 2022 ގައި

ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ބޭނުމަކީ ގޭންގުތަކުގެ ސަބަބުން ރައްޔިތުންގެ ހިތަށް ވަންނަ ބިރުވެރިކަން ކުޑަކުރުން ކަމަށެވެ. އަދި އެ މަސައްކަތް އަންނަ އަހަރު ހަރުދަނާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2023 ޖަނަވަރީ ތެރޭގައި އިތުރު ފުލުހުންނާ އެކީގައި މި މަސައްކަތް (ގޭންގުތައް މައިތިކުރަން) ކުރެވިގެންދާނެ މާ ހަރުދަނާކަމާ އެކީގައި. ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ގަންއާއެކީގައި އެ ޓީމުތައް ހަރަކާތްތެރިވާނެ. ހައި ވިޒިބިލިޓީ ޕޮލިސިން ޑިޕާޓްމަންޓެއް މިހާރު ވާނީ އެކުލަވާލާފައި. ހާއްސަކޮށް މާލެ ސަރަހައްދުގައި އޮޕަރޭޓްކުރާ ގޭންގުތައް މައިތިރިކުރުމަށްޓަކައި," ސީޕީ ހަމީދު ވިދާޅުވިއެވެ.