ސީޒަންތެރޭގައި ވައިގެ ދަތުރުތަކުގެ ޑިމާންޑުގެ އިތުރުވާތީ ގައުމީ އެއާލައިން މޯލްޑިވިއަން އިން "ވެޓްލީސް" އެގްރީމެންޓެއްގެ ދަށުން އޭޓީއާރް އެއާކުރާފްޓެއް ގެނެސްފިއެވެ.
މޯލްޑިވިއަން އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އިން މިއަދު ބުނީ މި އެއާކްރާފްޓަކީ ނޮވެމްބަރު ،ޑިސެމްބަރު އަދި ޖެނުއަރީ މަހު ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑަށް ކޭޓާ ކުރުމުގެ ގޮތުން ކުރުމުއްދަތަކަށް ގެނައި އެއާކްރާފްޓެއް ކަމަށެވެ. އަދި މި އެއާކުރާފްޓު ގެނައުމުގެ މަގުސަދަކީ ކުރިއަށް އޮތް ޗުއްޓީ ތެރޭގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގުފަހިކޮށްދިނުން ކަމަށް ބުންޏެވެ.
މޯލްޑިވިއަން ގެނެސްފައިވަނީ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ. މިއީ 70 ސީޓުގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ ބޮމްބާޑިއާ ޑޭޝް 8 މަރުކާގެ ބޯޓުތައް އޭޓީއާރަށް ބަދަލުކުމުގެ ގޮތުން މިއަހަރު އޭޓީއާރު ތިން ބޯޓެއް ގަނެގެން ގެންނަން ވަނީ ނިންމައިފައެވެ. އެއީ 600-72ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72ގެ އެއް މަތިންދާބޯޓެވެ. އެ ބޯޓުތައް މޯލްޑިވިއަންގެ ފްލީޓާ ގުޅޭނެ ކަމަށް ބެލެވެނީ އަންނަ ޑިސެމްބަރުގައެވެ.
މޯލްޑިވިއަން އިން ބުނީ ދުނިޔޭގެ ބޮޑެތި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި އެޓީއާރުގެ 600-72 އަދި 600-42 މަރުކާގެ އެއާކްރާފްޓް ތަކަކީ މަގުބޫލު އެއަކްރާފްޓްތައް ކަމަށެވެ.
މިފަދަ އޮޕަރޭޝަންތަކުގައި އޭޓީއާރަށް ލިބިފައިވާ މަގުބޫލުކަމަށް ބަލާއިރު، އޭޓީއާރުގެ "ފިއުލް އެފިޝިއަންސީ" އަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށާއި ކަމުގެ މާހިރުންގެ ލަފަޔަށް ބިނާކޮށް އޭޓީއާރުން ލިބޭ އޮޕަރޭޝަނަލް ފަސޭހަތަކަށް ބެލުމަށް ފަހު އޭޓީއާރު މަރުކާގެ އެއާކުރާފްޓަކީ އެ ކުންފުނީގެ އޮޕަރޭޝަނަށް އެންމެ އެކަށޭނެ އެއާކުރާފްޓް ކަމަށް ދެކޭ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު