ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމާއި ގުދަންތަކުގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ކުއްޔަށް ހިފާފައިވާ އަމިއްލަ އިމާރާތްތަކުގެ ކުއްޔަށް މަހަކު 8.5 މިލިޔަން ރުފިޔާ ދައްކަންޖެހޭ ކަމަށް ބުނެ، އެކަން ހައްލު ކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.
ގަރާރު ހުށަހަޅުއްވަމުން މެމްބަރު މުއިއްޒު ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފަން އަހަރަކު 102 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދު ކުރަންޖެހޭ ކަމަށެވެ. އެފައިސާ އަކީ ބޭކާރު ގޮތުގައި ހަރަދުކުރާ ފައިސާއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދައުލަތުގެ އެހާ ގިނަ ފައިސާ އިސްރާފުވެގެންދާ އިރު، އެކަން ބަދަލުކުރުމަށް އެއްވެސް ޕްލޭނެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މި ގަރާރު ހުށަހަޅުވަމުން ދައުލަތުގެ އޮފީސްތަކާއި އިދާރާތައް އަދި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރުމަށް މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު