ތައިލެންޑުގެ މައިނާ ހޮޓެލްސް އިން ބ. ފަރެހުގައި ހަދާ މަތީ ފެންވަރުގެ ރިސޯޓް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވަން ނިންމައިފިއެވެ.
ހަތްދިހަ މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ހަރަދުކޮށްގެން މި ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރެވެ. އޭރު ޕްލޭން ކޮށްފައިވަނީ 2019 ވަނަ ރިސޯޓު ހުޅުވުމަށެވެ.
"އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް"ގެ ނަމުގައި ތަރައްގީކުރާ އެ ރިސޯޓަކީ ރާއްޖޭގައި މިހާރުވެސް ގިނަ ރިސޯޓްތަކެއް ހިންގާ މައިނާ ހޮޓެލްސްގެ އަވާނީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނެއްގައި ފުރައިގެން 35 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ މި ރިސޯޓުގައި ސްޓޫޑިއޯސް, ބީޗް ވިލާސް އަދި މޫދު ކޮޓަރިތައް ހިމެނޭ ގޮތުން 176 ކޮޓަރި ހުންނާނެއެވެ.
އޭގެ އިތުރުން އަވާނީފ ިޓްސްގެ ޖިމަކާއި އަވާނީ ސްޕާ އާއި އަވާނީ ކިޑްސް ކްލަބެއް ހުންނާނެއެވެ. އަދި ބޮޑު ސްވިމިން ޕޫލަކާއި ޕޫލް ބާއެއްވެސް ހަދާފަައި ހުރެއެވެ.
މައިނާ ހޮޓެލްސްގެ ދަށުން ހިންގާ އަނަންތާރާގެ ދަށުން މިހާރުވެސް ފަސް ރިސޯޓެއް ހިންގައެވެ. އެއީ ދިގުރަށް ރިސޯޓް, ކިހަވަށް ވިލާސް, ނަލަދު ޕްރައިވެޓް އައިލެންޑް, ވެލި ރިސޯޓް އަދި ނިޔަމަ ޕްރައިވެޓް އައިލެންޑެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު