ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑުގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން އެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭގޮތުގައި މިހާރު ފަށައިގެން ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން އެބޭންކުން ދޫކުރާ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ހޮވޭ ނަސީބުވެރި ދެ މީހަކަށް ރިޓާން ޓިކެޓާއެކު ލަންޑަނަށް ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ލިބޭނެ ކަމަށެވެ.
ކޮންމެ ހަފުތާއަކު ދެ ނަސީބުވެރިއެއް ހޮވައި ކޮންމެ މީހަކަށް 5،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށްވެސް ބުންޏެވެ. ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަންގައި ހިމެނޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 13 ޑިސެމްބަރު 2022 ގެ ނިޔަލަށެވެ.