މުދަލު ޒަކާތުގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މީރާ އަށް ވަނީ 76.7 މިލިއަން ރުފިޔާ ބަލައިގެންފައެވެ. މިިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 69.8 މިލިއަން ރުފިޔާއެވެ.
އެހެންކަމުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު، 6.9 މިލިއަން ރުފިޔާ އިތުރެވެ. އެއީ 0.4 ޕަސަންޓްގެ އިތުރުވުމެކެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 5،777.45 އެވެ.
ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 ޕަސަންޓް މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު