ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް ނުހިމަނައި، ސްޕެއިނުން ވޯލްޑް ކަޕް ސްކޮޑު އިއުލާން ކޮށްފިއެވެ.
ސްޕެއިނުން އެގައުމުގެ 12 ވަނަ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ އިރު، އެގައުމުން ތައްޔާރުވަނީ ދެވަނަ ވޯލްޑް ކަޕެއް ހޯދުމަށެވެ. ސްޕެއިނުން އެގައުމުގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް ހޯދާފައި ވަނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 2010 ވަނަ އަހަރު އެގައުމުގެ ރަން ޖީލުން ހޯދި ވޯލްޑް ކަޕެވެ.
ޔޫރޯ 2020 ގެ ސްކޮޑުގައިވެސް ކުރީގެ ކެޕްޓަން ރާމޯސް ހިމަނާފައި ނުވާ އިރު، އެފަހަރު ލުއިސް އެންރީކޭ ބުނީ ރާމޯސް އަނިޔާގައި ހުރި ކަމަށެވެ. އެހެން ނަމަވެސް މިފަހަރުގެ ސްކޮޑު ނެގި އިރު، ރާމޯސް ހުރީ ރަނގަޅު ފޯމެއްގައެވެ. މިދިޔަ ސީޒަނުގައި ރާމޯސް އަނިޔާގައި ބޮޑުބައެއް ހޭދަކުރި ނަމަވެސް، މި ސީޒަނުގެ މިހާތަނަށް ޕީއެސްޖީގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ރެއާލް މެޑްރިޑުގެ ކްލަބު ލެޖެންޑް ރާމޯސްއަކީ އެގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ރެކޯޑު 180 މެޗު ކުޅެދީފައެވެ. އެގައުމުގެ ފުޓުބޯޅަ ތާރީހުވެސް ދުށް އެންމެ ކުޅަދާނަ އެއް ޑިފެންޑަރު، އުމުރުން 36 އަހަރުގެ ރާމޯސްއަކީ ސްޕެއިނާއެކު ވޯލްޑް ކަޕް 2010، ޔޫރޯ 2008 އަދި 2012 ވެސް ކާމިޔާބުކޮށްފައިވާ ޑިފެންޑަރެކެވެ.
ރާމޯސްގެ އިތުރުން ސްކޮޑުން ފުރުސަތު ގެއްލުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ހިމެނެއެވެ. އޭގެ ތެރެއިން ޑެ ހެއާއަކީ އެންރިކޭ ފުރަތަމަ އިއުލާނުކުރި ޕްރޮވިޝަނަލް ސްކޮޑުގައިވެސް ނުހިމެނޭ ކުޅުންތެރިއެކެވެ.
ސްޕެއިން ސްކޮޑަށް ބަލާއިރު، އެޓީމުގެ ޕަބްލޯ ސަރާބިއާއާއި، އަންސޫ ފާޓީގެ އިތުރުން ނިކޯ ވިލިއަމްސް ފަަދަ ކުޅުންތެރިންނަށް ޖާގަ ދިންކަން ފާހަގަކޮށްލެވެއެވެ.
ގަތަރުގައި 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ގްރޫޕް އީގައެވެ. އެ ގްރޫޕުގައި ދެން އޮތީ ޖަރުމަނާއި، ޖަޕާނުގެ އިތުރުން ކޮސްޓަ ރީކާއެވެ.
- އުނައި ސިމޮން
- ޑޭވިޑް ރާޔާ
- ރޮބާޓް ސަންޗޭޒް
- ޕައު ޓޮރޭސް
- ޖޯޑީ އަލްބާ
- ޖޯސޭ ގާޔާ
- ހޫގޯ ގުއިލަމޯން
- އެރިކް ގާސިއާ
- ސެޒާ އަޒްޕިލިކުއެޓާ
- ޑެނީ ކަވަހާލް
- އެމްރިކް ލަޕޯޓް
- ސާޖިއޯ ބުސްކަޓްސް
- ރޮޑްރީ
- ޕެޑްރީ ގޮންޒާލެސް
- ކޯކޭ
- ގަވީ
- ކާލޯސް ސޮލާ
- މާކޮސް ލޮރެންޓޭ
- ޕަބްލޯ ސަރާބިއާ
- ނިކޯ ވިލިއަމްސް
- މާކަސް އަސެންސިއޯ
- އަންސޫ ފަޓީ
- ޔެރެމީ ޕިނޯ
- ޑެނީ އޮލްމޯ
- ފެރަން ޓޮރެސް
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022