ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބަސް ދަތުރުތަކަށް އާ ރޫޓެއް އިތުރުކުރަން އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން R5 ނަމުގައި އާ ބަސް ރޫޓެއް އިތުރުކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި މި ރޫޓަކީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގެ މައި ބަސް ރޫޓުތަކާއި ގުޅުވައިދިނުމުގެ މަގުސަދުގައި އިތުރުކުރާ ރޫޓެއް ކަމަށާއި އެ ރޫޓޫން ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ފަތިހު 5:45 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް ދެމެންގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި އާ ބަސް ރޫޓުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ. މި ރޫޓުގެ ދަތުރުތަކުގެ ޓިކެޓު އާރުޓީއެލްގެ ވެބްސައިޓް އަދި އެޕްލިކޭޝަނުން ލިބޭނެއެވެ. އަދި ދަތުރު ކާޑު ބޭނުންކޮށްގެންވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެއެވެ.
ބަހުގެ ހިދުމަތަށް އިތުރުކުރެވޭ R5 ބަސް ރޫޓާއެކު އާރުޓީއެލް ބަހުގެ ދަތުރުތަކުގައި ގްރޭޓާ މާލެ ސަރަހައްދުގައި ޖުމުލަ 12 ބަސް ރޫޓަކުން ހިދުމަތް ދެމުން ގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު