ރިސޯޓެއް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް ދޫކޮށްފައިވާ ކ. ފޭދޫފިނޮޅު ވިއްކާލަން އިއުލާނުކޮށްފިއެވެ.
ފޭދޫފިނޮޅު ކުއްޔަށް ނަގާފައިވާ ފަރާތުން އެ ރަށް ވިއްކާލަން ނިންމައި ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލެއްނާގައިވާ ގޮތުން ފޭދޫފިނޮޅު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއްވާ ނަމަ 14 ދުވަސް ތެރޭގައި މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިިކޮށް އެންގުމަށް އިއުލާނުގައިވެއެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނީގެ ދަށުގައި ކުރިން އޮތް ފޭދޫފިނޮޅު ޓޫރިޒަމްގެ ބޭނުންތަކަށް ހާއްސަކަށް ކުއްޔަށް ދިނީ 29 ނޮވެމްބަރު 2016ގަ އެވެ. އެރަށް ކުއްޔަށް ނަގާފައިވަނީ ޗައިނާގެ ޝެންޒެން ސަންޕެން އިންވެސްޓްމެންޓް އާއި މިރީކް (އެޗްކޭ) ޓްރޭޑިން ގުޅިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާލް އެޓޯލް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ޖުމުލަ 4.1 ހެކްޓަރުގެ އެރަށް ކުއްޔަށް ދީފައިވަނީ ހަތަރު މިލިއަން ޑޮލަރަށެވެ. އަދި އެ ރަށުގެ ލީސް އެގްރީމަންޓް ހަމަވާނީ 2066 ވަނަ އަހަރަށެވެ. އެރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޓެކްސްގެ އިތުރުން 50 އަހަރުގެ ކުލީގެ މުއްދަތުގައި ޕޮލިސް ވެލްފެއާ ކުންފުންޏަށް 70 އާއި 80 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން އޭރު ބުނެފައިވެއެވެ.
އެ ރަށުގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 2017 ވަނަ އަހަރު ފަށައި 2019ގައި ރިސޯޓް ހުޅުވާނެ ކަމަށް ފުލުހުން އޭރު ބުނި ނަމަވެސް މިހާތަނަށްވެސް އެ ރަށް ހުޅުވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު