ކ. ގުޅީ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.
ގުޅީ ކައުންސިލުގެ މެމްބަރު އިބްރާހިމް ފާއިޒު މިއަދު "ވަން" އަށް ވިދާޅުވީ، މަރުވީ އެރަށު "ސަވޭރާ" ދޯނީގައި ކަންނެލި މަސްވެރިކަމަށް ގޮސް އުޅުނު މުހައްމަދު އަކުރަމް، 33އ. ކަމަށެވެ.
ބ. ތުޅާދޫގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށް މެއަށް ތަދެއް އަރައި ނޭވާލާން އުނދަގޫވެގެން، އެމްއެންޑީއެފް ކޯސްޓުގާޑުގެ އެހީތެރިކަމާއެކު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށްވެސް ވިދާޅުވިއެވެ.
ފާއިޒު ވިދާޅުވީ، އަކުރަމަކީ އެއްވެސް ބައްޔެއް ހުންނަ މީހެއް ކަމަށް އެނގިފައި ނުވާ ކަމަށެވެ.