މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 593 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު 593.1 މިލިއަން ރުފިޔާގެ އާމްދަނީއާ ދާދި އެއްވަރު އަދަދެކެވެ.
ކުންފުނީގެ އާމްދަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލައި އިރު، ތިންވަނަ ކުއާޓާގައި ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ ދަށްވެފައެވެ. އެގޮތުން ދެވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމަށްފަހު 66 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ ކުއާޓާގައި އެ އަދަދު ވަނީ 40.5 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައި ވަނީ ހަރަދު އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ކުންފުނީގެ ކޯސްޓް އޮފް ސޭލްސް ވަނީ މިދިޔަ ކުއާޓަރުގައި 543 މިލިއަން ރުފިޔާއަށް އަރައިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ އަދަދު ހުރީ 506.2 މިލިއަން ރުފިޔާގައެވެ.
ކޯސްޓް އޮފް ސޭލްސް އިތުރުވުމުގެ ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ, ދުނިޔޭގެ އިންފްލޭޝަންއާ ހެދި ތަކެތީގެ އަގާއި ތެޔޮ އަދި ލޮޖިސްޓިކްސްގެ އަގު ބޮޑުވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު