ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ސައުތް ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ)ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 21 އަހަރުގެ އިންޑިއާ ފިރިހެނަކު ހާދިސާ ހިނގި ރަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހާދިސާ ހިނގި ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހާ ރާއްޖެ ގެނައިތާ އަދި މާގިނަ ދުވަހެއް ނުވާނެ ކަމަށާއި އޭނާއަކީ އެރަށަށް މަސައްކަތު މީހެއްގެ ގޮތުގައި އަމިއްލަ ފަރާތަކުން ގެނައި މީހެއް ކަމަށެވެ.