ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 15.2 ބިލިއަން ރުފިޔާގެ ތެރެއިން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ކުރި މަސައްކަތުން 484 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް މީރާއަށް ނުލިބު ހުރީ 15 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 478.9 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން, އެ ކުއާޓާއާ ހަމައަށް ނުލިބު ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 484.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރިޕޯޓުގައި ބުނާ ގޮތުން, ތިންވަނަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 13,600 ފަރާތަކަށާއި ފައިސާ ނުދައްކާތީ 12،685 ފަރާތަކަށް ފައިނަލް ނޯޓިސް ހަވާލުކޮށްފައިވެއެވެ. އަދި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތް 134 ފަރާތަކަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އެއީ ޖުމުލަ 577 މިލިއަން ރުފިޔާއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން 30 ސެޕްޓެމްބަރު 2022ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި 5.58 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ނުލިބިވާ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި 9.7 ބިލިއަން ރުފިޔާއާއެކު ޖުމުލަ 15.2 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވެއެވެ.