ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް, ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

މިއީ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ވިދިވިދިގެން ރާއްޖެއަށް ލިބުނު ތިންވަނަ ފަހަރެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ބައިން 26 ކެޓަގަރީއަކުން ރާއްޖެ އާއި ރާއްޖޭގެ ރިސޯޓުތަކާއި ކުންފުނިތަކަށް އެވޯޑް ލިބިފައިވެއެވެ. އެއީ:

  • 1- ލީޑިން އެއާޕޯޓް - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
  • 2- ލީޑިން ބީޗު ޑެސްޓިނޭޝަން - ރާއްޖެ
  • 3- ލީޑިން ޑެސްޓިނޭޝަން - ރާއްޖެ
  • 4- ލީޑިން ޑައިވް ޑެސްޓިނޭޝަން - ރާއްޖެ
  • 5- ލީޑިން އެއާޕޯޓް ހޮޓެލް - ހުޅުލޭ އައިލެންޑް ހޮޓެލް
  • 6- ލީޑިން އޯލް އިންކްލޫސިވް ރިސޯޓު - ކޮންސްޓެންސް މޫފުށި
  • 7- ލީޑިން ބުޓީކް ރިސޯޓު - ފުށިފަރު މޯލްޑިވްސް
  • 8- ލީޑިން ޑައިވް ރިސޯޓު - ކޮންސްޓެންސް މޫފުށި
  • 9- ލީޑިން ފެެމިލީ ރިސޯޓު - ކުރުނބާ މޯލްޑިވްސް
  • 10- ލީޑިިން ހަނީމޫން ރިސޯޓު - ޖޭއޭ މަނަފަރު
  • 11- ލީޑިން ހޮޓެލް - ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • 12- ލީޑިން ހޮޓެލް ސުއީޓް - ވައްކަރު މޯލްޑިވްސްގެ 'ދަ ވައްކަރު އޯވަ ވޯޓާ' ރެސިޑެންސް
  • 13- ލީޑިން ލެޝާ ހޮޓެލް - އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓް
  • 14- ލީޑިން ލަގްޒަރީ ހޮޓެލް ވިލާ - ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގެ 'ޖޯން ޖޭކޮބް އެސްޓޯ އެސްޓޭޓް'
  • 15- ލީޑިން ލަގްޒަރީ އައިލެންޑް ހޮޓެލް - ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
  • 16- ލީޑިން ލަގްޒަރީ ރިސޯޓު - ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު
  • 17- ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓަރު - ގެޓް އިންޓު މޯލްޑިވްސް ޓްރެވަލްސް
  • 18- ލީޑިން ނިއު ރިސޯޓު - ޖުމެއިރާ މޯލްޑިވްސް އޮޅަހަލި އައިލެންޑް
  • 19- ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓު - ވެލާ ޕްރައިވެޓް އައިލެންޑް
  • 20- ލީޑިން ރިސޯޓު - ވައްކަރު މޯލްޑިވްސް
  • 21- ލީޑިން ސީޕްލޭން އޮޕަރޭޓަރު - ޓީއެމްއޭ
  • 22- ލީޑިން ޓޫރިސްޓް ބޯޑް - އެމްއެމްޕީއާރުސީ
  • 23- ލީޑިން ޓްރެވަލް އެޖެންސީ - ސިމްޕްލީ މޯލްޑިވްސް ހޮލިޑޭސް
  • 24- ލީޑިން ވިލާ ރިސޯޓު - ގްރޭންޑް ޕާކް ކޮއްދިއްޕަރު
  • 25- ލީޑިން ވޯޓާ ވިލާ ރިސޯޓު - ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • 26- މޯސްޓް ރޮމޭންޓިކް ރިސޯޓު - ބަރޮސް މޯލްޑިވްސް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ސަރަހައްދީ ގާލާތައް މިދިޔަ މަހު ނިންމާލި އިރު، ގްރޭންޑް ފިނާލޭ އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.