އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު 10:00 އިން ފެށައިގެން ކުރިއަށް އެބަދެއެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވަންއަށް ވިދާޅުވީ، ވޯޓު ލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށް ކަމަށެވެ. އެހެންކަމުން ހަތަރެއް ޖެހުމަށްފަހު ކިއު ބަންދު ކުރާނެއެވެ. އޭގެ ފަހުން ވޯޓު ލެވޭނީ ހަތަރެއް ޖެހުމާއި ހަމައަށް ކިއުޖެހޭ މީހުންނަށެވެ.
މި އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ އިދާރީ 87 ދާއިރާއަށް ރައީސުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ދާއިރާތަކުގެ އިންތިހާބާ ބެހޭގޮތުން އިދިކޮޅު ކޯލީޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބޭނީ ވޯޓާޒް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް ކަމަށާއި، ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައި ވިޔަސް އެ ފަދަ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި އިންތިހާބުގައި، މާލޭގެ ދާއިރާތަކަށް ވޯޓުލުމާއި، އެކި ދާއިރާގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ހެންވޭރު ދަނޑުގައެވެ. ވިލިމާލޭ ވޯޓު ފޮށި، ވިލިމާލެ ޔޫތު ސެންޓަރުގައި އަދި ހުޅުމާލޭ ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނި ހުޅުމާލެ ސިންތެޓިކް ޓްރެކުގެ ވީއައިޕީ ހޯލުގައެވެ.
އެކި ދާއިރާތަކުގެ ރަށްރަށުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާބެހޭ މައުލޫމާތު އެ ރަށެއްގެ ސްޓިއަރިން ކޮމެޓީން ފޯރުކޮށްދޭނެ ކަމަށްވެސް ކޯލިޝަނުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު