އުމުރުން 55 އަހަރު ނުވިޔަސް، މަގާމުގައި 10 އަހަރު ވެފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މުސްކުޅި ވެވޭ ގޮތް ހަދައިފިއެވެ.
ފަނޑިޔާރަކަށް މިހާރު މަގާމުން ޝަރަފުވެރިކަމާއެކު ވަކި ވެވޭނީ ތިން ހާލަތެއްގައެވެ. އެއީ އުމުރުން 70 އަހަރުވުމުންނާއި 55 އަހަރު ވުމުން އަމިއްލައަށް އެދިގެންނާއި ސިއްހީ ސަބަބަކާ ގުޅިގެންނެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން ތައުދީބީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމައި ފަނޑިޔާރުންނާއި ފަނޑިޔާރެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ބަރީއަތްވުމަށްޓަކައި ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަރާތްތައް ފިޔަވައި، ފަނޑިޔާރެއްގެ ގޮތުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަކީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމަށް އެދެވޭނެ ފަނޑިޔާރުން ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތި، އަމިއްލަ އިހުތިޔާރުގައި ފަނޑިޔާރުކަމުގެ ވަޒީފާއިން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) ގައިވާ ޝަރުތުތައް ހަމަވާ ފަނޑިޔާރުންގެ ތެރެއިން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމަށް އެދެވޭނެ ކަމަށެވެ.
މަގާމުން ވަކިވާން އެދޭ ފަނޑިޔާރަކަށް ޝަރަފުވެރިކަމާ އެކު މުސްކުޅި ކުރާއިރު، ސުލޫކީ މައްސަލައެއް ސާބިތުވެ ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ނަސޭހަތްދީ، ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގިފައިވާނަމަ، އިނާޔަތް ލިބޭނެ ގޮތަށް މަގާމުން ވަތްކެއް ނުކުރެވޭނެއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މަގާމުގެ ދަރަޖަ ދަށްކޮށްފައިވާނަމަ ނުވަތަ ވަޒީފާއަށް ނުކުތުން ތިން މަސް ދުވަހަށް މަނާކޮށްފައިވާ ފަނޑިޔާރަކަށްވެސް ޝަރަފުވެރިކަމާއެކު މަގާމުން ވަކި ނުވެވޭނެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު