ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުން މިއަދު ބުނީ ސުޖާތާ، އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމު ފުރުއްވާތާ ދެ އަހަރުވެފައިވާ ކަމަށެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ޕެންޝަން އޮފީހުގެ ބޯޑުން އެ އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް ކުރިއަށް އޮތް ފަސް އަހަރަށް އައްޔަން ކޮށްފައިވާ ކަމަށެވެ.
ސުޖާތާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމު އަދާކުރައްވައިފައެވެ. އަދި އޭނާއަކީ ރާއްޖެއަށް ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުން ބުނީ ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވާލައި ތަންފީޒު ކުރުމުގައި ވެސް ސުޖާތާ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ.
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ވި ޖޯން ގްރިންޑަލް އެ މަގާމުން ވަކި ކޮށްފައި ވަނީ ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު