އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 2023 އަށް ލަފާކޮށް މިއަހަރު ދައުލަތުން ރައްޔިތުންގެ މަޖިލީހަށް 41 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެއެވެ.
މި ބަޖެޓަކީ މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓަށްވުރެ ހަތަރު ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. މި އަހަރަށް ލަފާކޮށް ސަރުކާރަށް ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ކޮމިޓީ ބައެއް ދާއިރާތަކުން އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު