ރާއްޖޭގައި ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން އިސްލާމް ދީނާއި ދުރުކުރުމަށް ބަޔަކު ހިންގަމުންދާ ނުރައްކާތެރި މަސައްކަތްތަކަށް ސަމާލުވެ, އެފަދަ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ސިޔާމު ފޮނުއްވި ހިތާބުގައި ވިދާޅުވީ, މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތަކީ ދިވެހިންނަށް ލިބުނު އެންމެ ފުރިހަމަ އެންމެ ބޮޑު ނިއުމަތް ކަމަށާއި އެއީ ދިވެހިންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށެވެ.
އިސްލާމް ދީނަކީ މިއަދު ދިވެހިން މިދެކޭ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސްލުކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ, އެކަމުގެ ސިއްރަކީ, ރާއްޖެ އިސްލާމްވީއްސުރެ ކާބަފައިން ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ, ދީނުގެ މަތިވެރި ޝިއާރުތައް ދަމަހައްޓަމުން ގެންދިއުން ކަމަށާއި ދީނީ އެއްބައިވަންތަކަން ގެއްލުނަނުދީ މި ދީނުގެ މަތީގައި ދެމިތިބުން ކަމަށެވެ.
"އެހެންކަމުން މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބެއްކަމުގައި ވާންވާނީ އިސްލާމް ދީން އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑުމަތީ ތާއަބަދަށް ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. ލާދީނީ ފިކުރުތައް މިބިމުން އެކީ އެކައްޗަށް ފޮހެލައި, އިސްލާމީ ޝަރީއަތް ފުރިހަމަގޮތުގައި ގާއިމުކުރުމަށެވެ," ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމުނުވާ ފަރާތްތަކުގެ އުދަނގޫ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު