މާލެއިން ހުޅުމާލެއަށް ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ސެނަހިޔާ ހޮސްޕިޓަލު ހުންނަ ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމުކުރަން އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ގްރޭޓާ މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ރޫޓުތަކުގެ ތެރެއިން ކާނިވާ ބަސްރޫޓުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކަށް ދަތުރުކުރާ ބަސް ރޫޓުތަކަށް ސެނަހިޔާ ސަރަހައްދުގައި މާދަމާއިން ފެށިގެން ބަސް ހުއްޓި އެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

  • ރޫޓް 2: މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް 1
  • ރޫޓް 8: ހުޅުމާލެ ފޭސް 2 - މާލެ (ކާނިވަލް)

މި ރޫޓުތަކުން ބަސް ދަތުރުކުރާ އިރު މާލޭގައި ބަސް ސްޓޮޕްތައް މިހާރު ހުންނަނީ ތިން ސަރަހައްދެއްގައެވެ. އެއީ ބޮޑުތަކުރުފާނު މަގު ޗީބޯ ކެފޭ ކުރިމަތީގައި ހުންނަ ބަސް ސްޓޮޕާއި ލުއިބުއިން ކުރިމަތީގައި ހުންނަ ބަސް ސްޓޮޕާއި ކާނިވާ ބަސް ސްޓޮޕެވެ.