ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެކަން ކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަަކަށް ވަގުތު ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް، މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދާއިރު އެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ވިދާޅުވެ، އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެސްޓްހައުސް އެސޯސިއޭޝަންގެ ބޭފުޅުން މިއަދު ކޮމިޓީއަށް ގެންނެވިއެވެ.
ޓެކްސް ބޮޑު ކުރުމާ ގުޅޭ ގޮތުން އެބޭފުޅުން ވިދާޅުވީ، އެއީ މި ވަގުތަށް ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަމަށް އަހަރެއް ނުވަތަ ދެ އަހަރެންހާ ދުވަހުގެ މުއްދަތެއް ދޭންޖެހޭ ކަމަށެވެ.
އެ ވާހަކައަށް ރައްދުދެއްވަމުން އަމީރު ވިދާޅުވީ، ޓެކްސްގެ ބިލު މަޖިލީހަށް ފޮނުވުމުގެ ބައްދަލުވުމުގައި ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާ ހިމެނޭ ގޮތުން ވިޔަފާރިވެރިންނާއެކު ކުރެއްވި މަޝްވަރާގައި ބައެއް ބޭފުޅުން އެކަން ހަ މަސް ދުވަހަށް ލަސްކޮށްދޭން އެދުނު ކަމަށެވެ.
"އޭރު އެ މީޓިންގައި އަޅުގަނޑުމެންނާ ވާހަކަދެއްކި ގިނަ ބޭފުޅުން ހަމަ އަންޑަސްޓޭންޑްވޭ، ޓީޖީއެސްޓީވެސް ހަމަ ބޮޑުކުރަންޖެހޭކަން، އެ މީޓިންގައި އެބޭފުޅުންވެސް ފާހަގަކުރި ފަސް މަސް ދުވަސް، ހަ މަސް ދުވަސް އެއް އަހަރު އަދި ދެ އަހަރުވެސް ދިނުމަށް،" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށާއި ބިލު މަޖިލީހަށް ފޮނުވީ އޯގަސްޓު މަހު ކަމަަށެވެ. އަދި ދެން މި އަންނަނީ ނޮވެމްބަރު މަސް ކަމަށްވާއިރު، އެކަމަށް ވަގުތު ދެވިއްޖެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު