ދިރާގުގެ އަޕްގުރޭޑަޑް "ސަޅި މަންތްލީ 2ޖީބީ" އެޑް-އޮންއާއެކު ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ގޮތް ހަދައިފި އެވެ.
ދިރާގުން ބުނީ, އާ އޮފާއާއެކު ކަސްޓަމަރުންނަށް 745 ރުފިޔާއަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު 8 ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށެވެ. އެއީ މަހަކު ޖުމުލަ 240 ޖީބީއެވެ.
މި އޮފާ ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް “S2GB30” ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެން ނެގޭނެއެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަންބަރަކަށް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
ދިރާގުން ބުނީ, އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު