އެސްޓޮން ވިލާގެ ކޯޗުކަމާ ހަވާލުވިތާ 11 މަސް ފަހުން، އެ ކްލަބުން ސްޓީވަން ޖެރާޑް މަގާމުން ދުރުކޮށްފިއެވެ.
ލިވަޕޫލްގެ ލެޖެންޑް ޖެރާޑް މަގާމުން ދުރުކުރަން ވިލާއިން ނިންމީ، ރޭ އެޓީމުން ކުޅުނު މެޗުގައި ފުލްހަމް ކައިރިން 3-0 އިން ބަލިވި މެޗަށްފަހުއެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ޖެރާޑު ހުރީ ބޮޑު ޕްރެޝަރެއްގައެވެ. އެއީ 11 މަސް ތެރޭގައި އޭނާގެ އިރުޝާދުގެ ދަށުން ވިލާއިން ކުޅުނު 39 މެޗުން އެންމެ 12 މޮޅު ހޯދިފައި އޮތުމުންނެވެ.
މިހާތަނަށް ސީޒނުގައި ކުޅުނު 11 މެޗުން ވިލާއަށް ދެމެޗުން މޮޅުވެގެން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. މިވަގުތު ޓީމު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.
ރޭގެ މެޗަށް ނުކުތުމުގެ ކުރިން ޖެރާޑް މީޑިއާއަށް ބުނެފައި ވަނީ އޭނާއަކީ ކަންކަމުން ރެކިގަންނަ މީހެއް ނޫން ކަމަށާއި، އޭނާގެ ޑީއެންއޭއަކީ ކަންކަމާ ކުރިމަތިލައި، އެކަންކަން ހައްލުކުރުމަށް ވިސްނުން ކަމަށެވެ. ޖެރާޑު އޭރުވެސް ބުނެފައި ވަނީ ކްލަބުން ނިންމާ ނިންމުމަށް އަބަދުވެސް އިހުތިރާމު ކުރާ ކަމަށާއި، އޭނާގެ ގާބިލިއްޔަތު ހުރި ވަރަކުން ކަންކަން ރަނގަޅުކުރަން މިދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރި ކަމަށެވެ.
ޖެރާޑް މިދިޔަ އަހަރު ނޮވެމްބަރު މަހު ވިލާއާ ހަވާލުވީ ސްކޮޓިޝް ލީގުގެ ރޭންޖާސްގައި ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ. އެ ކްލަބާއެކު ސްކޮޓިޝް ލީގުވެސް ޖެރާޑް ކާމިޔާބު ކުރިއެވެ. ޖެރާޑް ރޭންޖާސް އަށް ސްކޮޓިޝް ލީގު ހޯދައިދިނީ މެޗަކުން ބަލި ނުވެއެވެ.
އުމުރުން 42 އަހަރުގެ ޖެރާޑަކީ ޕްރިމިއާ ލީގުގެ އިތުރުން އިންގްލެންޑް ގައުމީ ޓީމުގެވެސް ލެޖެންޑެކެވެ. ކެރިއަރުގައި ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ހޯދި ޖެރާޑަކީ އިންގްލެންޑުގެ ރަން ޖެނަރޭޝަންގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިއެކެވެ. ޖެރާޑު ކޯޗު ކަމަށް ނުކުތީވެސް ރޭންޖާސްއިންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު