މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން ބޯހިމެނުގެ ވަގުތީ ނާތީޖާ އާންމުކޮށްފިއެވެ.
އެމްބީއެސްއިން ރޭ އާންމުކުރި ބޯހިމެނުގެ ވަގުތީ ނާތީޖާގައިވާ ގޮތުން 8 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ވަނީ 33،527 ބިދޭސީން އިތުރުވެފައެވެ.
ބޯހިމެނުގެ ވަގުތީ ނާތީޖާގައިވާ ގޮތުން ރާއްޖޭގެ ދިރިއުޅެމުން އަންނަ ބިދޭސީންގެ އަދަދަކީ 97،160 އެވެ. އެ އަދަދަކީ 2014 ވަނަ އަހަރުގެ ބިދޭސީންގެ އާބާދީގެ ގޮތުގައި ރާއްޖޭގެ އުޅެމުން ދިޔަ އާބާދީއަށް ވުރެ 33،527 ބިދޭސީން އިތުރު އަދަދެއް ކަމަށް އެމްބީއެސްއިން ބުންޏެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބިދޭސީންގެ އާބާދީއަކީ 63،637 އެވެ.
2014 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ އާބާދީ 65 ޕަސަންޓް އިތުރުވެފައިވާކަމަށް ވެސް އެމްބީއެސްއިން ބުންޏެވެ.
އެމްބީއެސްއިން ބުނީ ތިން އަހަރުން ރާއްޖޭގެ އާބާދީއަށް 16،897 ދިވެހިން އިތުރުވެފައިވާ ކަމަށެވެ. މިހާތަނަށް ގުނުނު އާބާދީގައި، ރާއްޖޭގައި ދިރިއުޅޭ ދިވެހީންގެ އަދަދަކީ 355،331 ކަމަށެވެ.
އެ އަދަދަކީ 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށް ވުރެ 16،897 މީހުން އިތުރު އަދަދެކެވެ. 2014 ވަނަ އަހަރު ރާއްޖޭގައި ދިވެހިންގެ އާބާދީއަކީ 338،434 ކަމަށް އެމްބީއެސްއިން ބުންޏެވެ.
އެމްބީއެސްއިން ބުނީ، އިއްޔެއާއި ހަމައަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންގެ ތެރެއިން 89 ޕަސެންޓް ކަމަށެވެ. މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެމްބީއެސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު