މަގުމަތިން ހޮވައިގެން މީހަކު ގެނެސްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާގެ އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 ގައި ބޮޑުތަކުރުފާނު މަގު، އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެފައިސާ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް މަގުމަތިން ހޮވައިގެން ގެންދާ ފައިސާ ފުލުހުންނާ ހަވާލުކުރުމުން ވެރިފަރާތް ހޯދަން ވަނީ އިއުލާންކޮށްފައެވެ. އަދި ފުލުހުން ޕެޓްރޯލިން ކުރުމުގެ ތެރެއިން ފެންނަ ތަކެއްޗާއި ވަގަށް ނަގާފައިވާ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކުރެއެވެ.