ފ. މަގޫދޫގައި އެއާޕޯޓު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގޫދޫގައި އެއާޕޯޓްގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މިޝްރޫއުގެ ދަށުން 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް، ޓެކްސީވޭ، އޭޕްރަން އަދި ފަޔާޕެޑު/ ރޯޑާއެކު ގާއިމު ކުރަންޖެހެއެވެ. އަދި ޕަސެންޖަރު ޓާމިނަލް އިމާރާތާއި ކޮންޓްރޯލް ޓަވަރާއެކު ފަޔާސްޓޭޝަނެއްވެސް އިމާރާތް ކުރަންޖެހެއެވެ.
އޭގެ އިތުރުން ސަލާމަތީ ވަސީލަތްތަށް ގާއިމުކުރުމާއި ނެވިގޭޝަނަލް އިކުއިޕްމަންޓު ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި މެޓް އިކުއިޕްމަންޓު ސަޕްލައި ކުރުން މި މަޝްރޫއުގެ ދަށުން ހިމެނެއެވެ. އަދި ގްރައުންޑް ހޭންދްލިން އިކުއިޕްމަންޓްވެސް މި މަޝްރޫއުގެ ދަށުން ސަޕަލއިކޮށް އިންސްޓޯލް ކުރަންޖެހެއެވެ.
ޖުމުލަ 231.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 550 ދުވަސްތެރޭގައި ނިންމައި ހަވާލުކުރަން ޖެހެއެވެ.
އެމްޓިސީސީން މިހާރު ވަނީ މަގޫދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު