ވިމެން އައިކައިން އިން ދޭ ދެ އެވޯޑެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު މުނާއަށް ލިބިވަޑައިގެންފިއެވެ.
މުނާއަށް ލިބިވަޑައިގެންފައިވަނީ ވިމެން އައިކަންގެ "އެކްސެލެންޓް ރިސާޗާ އޮފް ދަ އިޔާ"ގެ އެވޯޑާއި "ވިމެން ޕާސަނެލަޓީ އޮފް ދަ އިޔާ"ގެ އެވޯޑެވެ.
ސަރުކާރުގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ، 17 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ، މުނާ ހައްދަވާފައިވާ ރިސާޗު އަމާޒުކޮށްފައިވަނީ ދިވެހި ސިވިލް ސާވިސް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް އަމާޒުކޮށްގެންނެވެ. މުނާގެ އެ ދިރާސާ ވަނީ މުހިންމު ސްކޯޕްސް ޖާނަލް ތަކުގައި ޝާއިއުކޮށްފައެވެ.
މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ސިވިލް ސާވިސް މުވައްޒަފުން ނަގާގޮތާއި ހުރި ގޮންޖެހުންތަކާއި ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލަން ޖެހޭ މުހިންމު ކަންކަމުގެ މައްޗަށެވެ. ކުރިއަށް އޮތްތަނުގައި ވަޒީފާއަށް މީހުން ނެގުމުގައި ގެންގުޅެވިދާނެ ހަރުދަނާ ގޮތްގޮތަކާއި ހިންގުންތެރި، ގާބިލު މީހުން ހޯދުމަށް ކުރެވިދާނެ ކަންކަމާއި މީހުން ބިނާ ކުރުމަށް ކުރާނެ ކަންކަމަށް މި ދިރާސާގައި އަލި އަޅުވާލާފައިވެއެވެ.
މުނާގެ ދިރާސާގެ އަލީގައި މިހާތަނަށް ހަތް އާޓިކަލް ލިޔެ ދުނިޔޭގެ ފެންވަރުގެ ހައި އިމްޕްކެޓް ސްކޯޕްސް ޖާނަލްގައި ޝާއިއު ކޮށްފައިވެއެވެ. އެކި ޖާނަލްތަކުގައި ޝާއިއުކޮށްފައިވާ އެ އާޓިކަލްތައް އެބްސްކޯ، ގޫގަލްސްކޮކޯލާ، ރިސާޗް ގޭޓް ފަދަ ތާޑް ވޯލްޑް ވައިޑް ޑެޓާ ބޭސްތަކުން ކިޔާލެވެން ހުރެއެވެ.
މި ރިސާޗު ޕަބްލިކޭޝަންގެ އިތުރުން މުނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުން އަންނަ ރިސާޗް ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރައްވައި ފަސް ޕޭޕަރު ހުށަހަޅުއްވައިފައެވެ. އޭގެތެރޭގައި މެލޭޝިއާ، އިންޑިއާ، ޕިލިޕީންސް، ތުރުކީ، ސައުތު ފްލޮރިޑާ އަދި ގްރީސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު