މާލޭގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ، ބ. ކަމަދޫ، ފީރޯޒުގޭ އަހުމަދު ނާޖިހް 25އ. އެވެ. އޭނާ މިހާރު ދިރިއުޅެނީ ހ. ސެމޯއާގައި ކަމަށް ފުލުހުން ބުނެއެވެ.
ނާޖިހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކުރައްވައިފައެވެ.
ނާޖިހް ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި އެބަހުއްޓެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުން، އޭނާގެ އަތުގައި އޮތް ދެ ރަބަރު ޕެކެޓުން ކޮންމެ ޕެކެޓެއްގައި ދިހަ ޕެޖެޓް އޮތް ކަމަށާއި އެތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ނާޖިހްގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އޯޕީއައި ބެންޒޯއަށް ޕޮޒިޓިވްވެފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނާޖިހަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު