އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށަން ހަމަޖައްސާފައިވާ ފީފާ ވޯލްޑް ކަޕުގެ މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތުވެސް ލިބިގެންދާ ކޮކާކޯލާ ވޯލްޑް ކަޕް ޕްރޮމޯޝަންގެ މިހާތަނަށް ހޮވުނު ނަސީބުވެރިންނާ އެ ކުންފުނީގެ އޮފިޝަލުން ބައްދަލުކޮށްފި އެވެ.
އިއްޔެ ހަވީރު މާގިރި ހޮޓަލުއި ބޭއްވި އިވެންޓުގައި މިހާތަނަށް ގުރުއަތުން ހޮވިފައިވާ ނަސީބުވެރި ފަރާތްތަކާއި މީޑިއާތަކުން ވަނީ ބައްދަލުކޮށްފައެވެ.
މި ފަހަރުގެ ޝިއާރު ކަމަށްވާ "ގަބޫލުކުރުމަކީ ޖާދުލެއް" އާއެކު، "އަންކެޕް. ބިލީވް. ފްލައި" ޕްރޮމޯޝަންގެ ސަބަބުން ރާއްޖޭގައި ތިބި ކޮކާ-ކޯލާގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކަށް އެ މީހުންގެ ޓީމު މޮޅުވާނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ލިބި، ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލުމުގެ ފުރުސަތު ލިބިގެންދެ އެވެ.
"އަންކެޕް. ބިލީވް. ފްލައި"ގެ ނަން ދީފައިވާ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހާމަކުރަމުން ގެންދަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގައެވެ. ކޮންމެ ދުވަހެއްގެ އަދި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިންގެ ތެރޭގައި ހިމެނޭތޯ ބެލުމަށް ކޮންމެ ހޮނިހިރު ދުވަހެއްގެ 19:45 އިން 19:55 އަށް ޓީވީއެމަށް ޓިއުންކޮށްލާށެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން ކުރިއަށްދާއިރު، ބައެއް ނަސީބުވެރިންނަށް ހުރިހާ ހަރަދެއް ލިބޭ ގޮތަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިގެން ދާއިރު، ބައެއް ނަސީބުވެރިންނަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ "އަލް ރިހްލާ ޕްރޯ" މަރުކާގެ ބޯޅަ ލިބެއެވެ. އެހެން ނަސީބުވެރިންނަށް ގޭމިން ކޮންސޯލާއި ފީފާ 22 ގޭމު ހިމެނޭ ބަންޑްލްއެއްވެސް ލިބެއެވެ. މީގެ އިތުރުން، ދެން ހޮވޭ ނަސީބުވެރިންނަށް ދެނީ، ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތަކެވެ.
މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ގަންނަ ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި ހަ ނަމްބަރުގެ ކޯޑެއް އޮންނާނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ހަ ނަމްބަރުގެ ކޯޑު 2626 އަށް ފޮނުވައިގެންނެވެ. ކޯޑެއް ފޮނުވާ ކޮންމެ ފަހަރަކު އިނާމު ލިބުމުގެ ފުރުސަތު ބޮޑުވަމުން ދާނެ އެވެ. ކޮކާ-ކޯލާ އާއި ފީފާގެ ޒަމާންވީ ގުޅުން ދައްކުވައިދިނުމަށް، އާންމުކޮށް މި ފުޅިތަކުން ފެންނަ ލޭބަލާ ތަފާތު، ވަކިން ހާއްސަ ލޭބަލެއް ވަނީ ހިމަނާފަ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ފަރާތަކަށް އިތުރު މީހަކު ގޮވައިގެން ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލަން ދިއުމުގެ ފުރުސަތު ލިބިގެންދެ އެވެ. ކޮންމެ ހަފުތާއަކު ގޭމިން ކޮންސޯލެއް ނުވަތަ މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ "އަލް ރިހްލާ ޕްރޯ" މަރުކާގެ ބޯޅައެއް ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ. ބައެއް މީހުންނަށް އާއިލާ އާއި ރަހުމަތްތެރިންނާއެކު އެ މީހުންގެ ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތައް ވެސް ކާމިޔާބު ކުރެވިދާނެ އެވެ.
ނޮވެމްބަރު މަހު ގަތަރުގައި މި މުބާރާތް ފަށާއިރު، ކޮކާ-ކޯލާއިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތަކާ އަދި މި ނޫން ވެސް އެތައް ކަމެއް މެދުވެރިކޮށް ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ގެނެސް ދެމުން ދާނެ އެވެ. ހަމައެއާ އެކު، "ކޮކާ-ކޯލާ ފޭން ޒޯން"ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަރަށް އަވަހަށް ތައާރަފު ކުރާން ވަނީ ނިންމައިފައެވެ. މި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުންގެ އެންމެ ލޯބިވާ ޓީމަށް އޮތް ލޯބި ދައްކާލެވޭނެ އެވެ. ރާއްޖެ މަޝްހޫރުވެފައި ވަނީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް ވާއިރު، ފީފާ ވޯލްޑް ކަޕް ގަތަރު 2022 ސީޒަންގެ ކޮންމެ ހަރުފަތެއްގައި ވެސް ކޮކާ-ކޯލާ އިން ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދެމުން ގެންދާނެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް ފޭސްބުކް އަދި އިންސްޓަގްރާމްގައި @cocacolamaldives އަދި @spritemaldives ފޮލޯކޮށްލާށެވެ.
ކޮކާ-ކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާ-ކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕްގެ ކޮންމެ މުބާރާތެއްވެސް ސްޕޮންސާކުރަމުންނެވެ. ކޮކާ-ކޯލާއިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައިވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.
ކޮކާ-ކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ އިންތިޒާމްކޮށްފައެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާއެކު ދިވެހިންނަށް މި ތަފާތު ތަޖުރިބާ ލިބުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފަ އެވެ. މި ސީޒަނަށް، ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށްވާ އިކަ ކަސިއެލާސް އާއި ކަކާ ވަނީ، ފުރަތަމަ ފަހަރަށް މި މުބާރާތަށް ކޮލިފައިވި 32 ގައުމު ހިމެނޭ ދަތުރެއްގައި ފީފާ ވޯލްޑް ކަޕްގެ އޮރިޖިނަލް ޓްރޮފީ ފުރުވާލާފަ އެވެ. ފީފާ ވޯލްޑް ކަޕް ޓްރޮފީގެ އޮރިޖިނަލް ޓްރޮފީ ދުބާއީގެ ކޮކާކޯލާ އެރީނާގައި ދައްކާލާފައި ވަނީ، 51 ގައުމަކާއި ސަރަހައްދަކަށް ދަތުރުކޮށް، ފަސް ވަނަ ދަތުރު ފެށުމުގެ ކުރިންނެވެ.