ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ "ޕިންކް ރިބަން ރަން-ވޯކް" އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
"ޕިންކް ރިބަން ރަން-ވޯކް" ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި މިއަދު ވަނީ ބާއްވައިފައެވެ.
ސީއެސްއެމްއިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މީގެ އިތުރުން ބީއެމްއެލުން ވަނީ އެ ޖަމިއްޔާއިން ފ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ޕާޓްނާޝިޕްގެ ދަށުން ސީއެސްއެމްއިން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރު ސްކްރީން ޕްރޮގްރާމެއް ބާއްވައިފައެވެ.
ބީއެމްއެލުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު