ފޭސްބުކް، ވަޓަސްއެޕް، އަދި އިންސްޓަގުރާމް ހިންގާ ކުންފުނި، މެޓާގެ ސީއީއޯ މާކް ޒުކަބާގް އިސްވެ ހުރެ އުފައްދާފައިވާ ތަފާތު ހެޑްސެޓެއް ދައްކާލައިފިއެވެ.

1500 ޑޮލަރުގެ އަގުބޮޑު މި ހެޑްސެޓްގެ އަގު ބޮޑު ކަމަށާއި މިއީ މިހާ ބޮޑު އަގެއްދީފައި ގަންނަށް ހެޔޮވާ ވަރު އެއްޗެއް ނޫންކަމަށް ބައެއް މީހުން ބުނެއެވެ.

އެހެން ނަމަވެސް މި ހެޑްސެޓް އެޅުމުން އޭގެ ޒަރިއްޔާއިން ދުރުގައި ތިބި މީހުންނާއި އެމީހަކު ހުރި މާހައުލުގެ ވަށައިގެންވާ ހުރިހާ ކަމެއް ތުރީޑީކޮށް ނުވަތަ އެއަށްވުރެވެސް މާ ސާފުކޮށް ފެންނާނެ މާހައުލެއް އުފައްދައިދެއެވެ. ކައިރީގައި ހުރެވޭ ކަމުގެ އިހުސާސް ގެނެސްދީ ގުޅިފައިވާ ވާޗުއަލް ރިއަލިޓީ ދުނިޔެއަކަށް އެކުގައި އެކި ކަންކަން ކުރުމަށް ދަތުރު ކުރެވެއެވެ. ސްނެޕްޗެޓް ފަދަ އެޕްލިކޭޝަން ތަކާއި އޮގްމެންޓިންގެ ހިމެނޭ އައު އެޕްލިކޭޝަންތައް ބޭނުންކުރެވޭ މި ހެޑްސެޓްގެ ސަބަބުން އެހެން ރަށެއްގައި އެހެން ގެއެއްގައި ހުރިމީހާވެސް ގުޅައިގެން ދުރުގައި ހުރި މީހާ އެ ވަގުތު ހުރި ރަށެއް ނުވަތަ ތަނެއް ބަލައިލެވޭއިރު ފެންނާނީ ތުރީޑީއަށްވުރެވެސް މާ ބޮޑަށް އަސްލާ އެއްގޮތަށް ކައިރީގައި ހުރެވޭ ގޮތަށް ކުޑަ ދޮރުން ފެންނަ ފަދަ ގޮތަކަށް އެ އިހުސާސަކާ އެކުގައެވެ.

އެހެންކަމުން މި ހެޑްސެޓަކީ ހަމަ އެކަނި ވީއާރު ހެޑްސެޓެއްގެ އިތުރުން މިކްސްޑް ނުވަތަ އަސްލު ދުނިޔެއާއި ވާޗުއަލް ދުނިޔެއާ ގުޅުވައިދޭ މަސްހުނި ހެޑްސެޓެކެވެ. މި ހެޑްސެޓް ވެގެންދާނީ އިންސާނުން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ އައު އީޖާދީ އުފެއްދުމަކަށެވެ. މި ހެޑްސެޓްގެ ބޮޑު އަގަކީ މީހުން ބަލައިގަންނާނެ އަގެއްކަމަށްވެސް މެޓާ ކުންފުނިން ދެކެއެވެ. މި އުފެއްދުން އިތުރަށް ތަރައްގީވެގެން އަންނަ ފޭސްބުކް އަދި އެހެންވެސް ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މި މެޓާވާސްގެ ދުނިޔެއާ ނުވަތަ މަސްނޫއީ އައު ދުނިޔެއަކާ ގުޅުވާލަދޭނެއެވެ.

މިއީ ދުރުގައި އެކި ގައުމުގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ އިންސާނުންގެ ދިރިއުޅުން މާބޮޑަށްވެސް ކައިރިވެ އެކީގައި ދިރިއުޅޭ ކަމުގެ އިހްސާސް ކޮށްދޭނެ އުފެއްދުމެއް ކަމަށް މެޓާގެ ސީއީއޯ މާކް ޒުކަބާގް ދަނީ ބުނަމުންނެވެ.

https://www.youtube.com/watch?v=sjw9ImSqJAo